ޑެލް ކުންފުނީގެ ވެރިޔާ ޓްރަމްޕަށް ވައުދު ފުއްދައި ދެނީ

ޑެލް ކުންފުނީގެ ވެރިން ޓްރަމްޕްގެ އިންތިޚާބީ ވައުދު ފުއްދައި ދިނުމަށްޓަކައި އެމެރިކާގެ ކޑަަކުދިންނަށް ބެންކު އެކައުންށް ހުޅުވުމަށް ގިނަ އަދަދަކަށް ފައިސާ ދީފިއެވެ. މަޝްހޫރު ވިޔަފާރިވެރިޔާ މައިކަލް ޑެލް އާއި އޭނާގެ އަނބިކަނބަލުން ސޫޒަން ޑެލް ވަނީ 25 މިލިއަން އެމެރިކާ ކުދިންނަށް "ޓްރަމްޕް އެކައުންޓްސް" ގެ ނަމުން ކުޑަކުދިންނަށް ޚާއްސަ އެކައުންޓު ހުޅުވައިދޭ ފަންޑަށް 6.25 ބިލިއަން ޑޮލަރު ދީފައެވެ. މިއީ އެމެރިކާގެ ތާރީޚުގައި އެއްފަހަރާ އަމިއްލަ ފަރާތަކުން ދިން އެންމެ ބޮޑު އެއް ހިލޭ އެހީ އެވެ.

ޑެލް އާއިލާގެ މި ހަދިޔާގެ ސަބަބުން، ޓްރަމްޕް ސަރުކާރުން ހިންގާ ‘އިންވެސްޓް އެމެރިކާ’ ޕްރޮގްރާމަށް މި ފައިސާ ހޭދަ ކުރާނެއެވެ. މިއީ އުމުރުން 10 އަހަރުން ދަށުގެ ކުދިންނަށް 250 ޑޮލަރަށް އިންވެސްޓްމަންޓް އެކައުންޓްތައް ހުޅުވުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވަން ބިގް ބިއުޓިފުލް ބިލް އެކްޓް ގެ ދަށުން 2025 އާއި 2028 އާ ދެމެދު އުފަންވާ ކުދިންނަށް އެކައުންޓްތައް ހުޅުވުމަށް ހިންގާފައިވާ ޕްރޮގްރާމެކެވެ. ޑެލް އާއިލާގެ މި ހިލޭ އެހީގެ ސަބަބުން މި ޕްރޮގްރާމުގެ ފައިދާ ލިބޭ ކުދިންގެ އަދަދު އިތުރުވެގެންދާނެއެވެ.

ޑެލް އާއިލާގެ މި ހަދިޔާ ދީފައި ވަނީ އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓް މެދުވެރިކޮށެވެ. މީގެ އަމާޒަކީ މެދުމިނުގެ އާމްދަނީއެއް ކަމަށްވާ އަހަރެއްގެ މައްޗަށް 150،000 ޑޮލަރުން ދަށުގެ އާމްދަނީ ލިބޭ ގޭބިސީތަކަށް އެހީތެރިވުމެވެ. މައިކަލް ޑެލް ވިދާޅުވި ގޮތުގައި މި މަސައްކަތުގެ ސަބަބުން މި އުމުރުފުރާގެ އެމެރިކާގެ ކުދިންގެ 80 އިންސައްތައަށް ފައިދާ ކުރާނެއެވެ.

މި ހިލޭ އެހީ ދިނުމުގައި ޑެލް އާއިލާއިން ވަނީ ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް އެހީ ވުމުގެ ބަދަލުގައި ސީދާ ސަރުކާރުގެ ޕްރޮގްރާމަކަށް ފައިސާ ފޯރުކޮށްދީ ފައެވެ. މިއީ ހިލޭ އެހީ ދިނުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބަދަލެކެވެ.

ޑެލް ވަނީ އެހެން ވިޔަފާރިވެރިންނަށް ވެސް މި މަސައްކަތުގައި ބައިވެރިވުމަށް ގޮވާލާފައެވެ،

ހިއްސާ ކުރައްވާ!