ނާސާގެ މަޝްހޫރު އެސްޓްރޯނޯޓެއް ކަމަށްވާ ޑޮން ޕެޓިޓް، އޭނާގެ ހަތަރުވަނަ އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަން ގެ މިޝަންގައި، ޖައްވުން ކަޢުބަތުﷲގެ ގެފުޅުގެ ފޮޓޯއެއް ނަގައި ދައްކައިފިއެވެ. މި ފޮޓޯއިން ފެންނަނީ ގެފުޅު ނޫރުން ބަބުޅާތަނެވެ.
މި ފޮޓޯ ނަގާފައި ވަނީ ދުނިޔެއާ ގާތްގަނޑަކަށް 400 ކިލޯމީޓަރު މަތިން ނެވެ. އެއީ މާލެއިން ކޮޅުނބާ އެއްވަރުގެ ދުރުމިނެކެވެ.
މީސްމީޑިއާގައި ހިއްސާކޮށްފައިވާ މި ފޮޓޯއަށް މީހުންގެ ޝައުވެރިކަން އިތުރު ވެފައި ވެއެވެ. ޑޮން ޕެޓިޓަކީ އޭނާގެ ފަންނުވެރި ސްޕޭސް ފޮޓޯގްރަފީއަށް މަޝްހޫރު އެސްޓްރޮނޯޓެކެވެ.
ފޮޓޯ ނެގުމަށް ބޭނުންކޮށްފައިވަނީ އައި.އެސް.އެސް. ގެ ކަޕޯލާ ވިންޑޯއިން މަތީ ފެންވަރުގެ ނިކޮން ކެމެރާއެކެވެ.
ދުނިޔޭގެ ޖައްވުން ގެފުޅުގެ މަންޒަރު އެހާ ސާފުކޮށް ފެނުމަކީ ގިނަ ބަޔަކަށް ލިބުނު ބޮޑު ހައިރާންކަމެކެވެ.








