އަމިއްލަ ބާރާއި ނުފޫޒުގެ ދަށުގައި ތިބޭ ނިކަމެތިންނަށް އަނިޔާވެރިވުމަކީ، ޔަހޫދީންގެ ރެޖީމުން ހިންގާ އެންމެ ފިނޑި އަމަލެވެ. އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ މިނިސްޓަރު، ހަރުކަށި ޒަޔަނިސްޓު ޓެރަރިސްޓެއް ކަމަށްވާ އިތަމާރު ބެން-ގްވީރަކީ މިއަދު ދުނިޔެ ދުށް އެފަދަ އެންމެ ނުބައި، ނަސްލީ ތަފާތުކުރުން ބޮލަށްލައިގެން އުޅޭ ޓެރަރިސްޓެކެވެ. އދ. ގެ ފުލުހުންގެ އިސްވެރިންގެ ސަމިޓުގައި ބައިވެރިވުމަށް ނިއުޔޯކަށް ކުރަން އޮތް ދަތުރު، ހައްޔަރުކޮށްފާނެ ކަމުގެ ބިރަށް އޭނާ ކުއްލި ގޮތަކަށް ކެންސަލްކޮށްލި ޚަބަރަކީ، ފަލަސްޠީނު މީހުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
އިސްރާއީލުގެ "ހާއާރެޓްޒް" ނޫހުން ހާމަކުރި ގޮތުގައި، ބެން-ގްވީރު ނިއުޔޯކަށް ނުދާން ނިންމީ، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން އޭނާއާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ރާވަމުންދިއުމާއި، އޭނާ ހައްޔަރުކޮށް ތަހުގީގު ކުރުމަށް ބައިނަލްއަގުވާމީ ގޮތުން ގޮވާލާ ގޮވުންތައް އިތުރުވުމާ ގުޅިގެންނެވެ. މީހުން މަރައި، އަނިޔާވެރިވުމުގައި އެއްވެސް ހަމްދަރްދީއެއް ނެތް މި "ޓެރަރިސްޓު" ކަލޭގެ، ގާނޫނުގެ ކުރިމައްޗަށް ދާންޖެހިދާނެތީ މިވަނީ މީދަލެއް ފަދައިން ފިލާފައެވެ.
ބެން-ގްވީރުގެ މި ފިނޑި ނިންމުމަށް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ "ހިންދް ރަޖަބް" މުއައްސަސާއިން ވަނީ މަރުހަބާ ކިޔާފައެވެ. އެ މުއައްސަސާއިން ބުނިގޮތުގައި، އިސްރާއީލުގެ ސިޔާސީ އަދި އަސްކަރީ ވެރިންނަކީ ދުނިޔޭގެ ކޮންމެ ތަނަކަށް ދިޔަޔަސް އަދަބެއް ނުލިބި ސަލާމަތްވެވޭނެ ކަމަށް ހީކޮށްގެން ތިބޭ ތިބުން މި ވަނީ ނިމުމަކަށް އައިސްފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ގާނޫނީ ފިއްތުންތަކުގެ ސަބަބުން، އަނިޔާވެރި މިނިސްޓަރަކަށް ބައިނަލްއަގުވާމީ ދަތުރުތައް ކުރަން ނުކެރުމަކީ އިންސާފު ގާއިމުވުމުގެ ފެށުމެވެ.
ބެން-ގްވީރަށް ބިރު އޮތީ ހަމައެކަނި އެމެރިކާގައެއް ނޫނެވެ. މިދިޔަ މޭ މަހުގެ ފަހުކޮޅު ފްރާންސާއި އަޔަރލޭންޑަށް އެތެރެވުންވެސް އޭނާއަށް ވަނީ މަނާކޮށްފައެވެ. އެއީ ކަނޑުމަތިން އަތުލައިގަތް ޣައްޒާއަށް ހަމްދަރްދީވާ ފުޅަނދުގެ އެކްޓިވިސްޓުންގެ އަތްފައި ބަނދެ، ރޭޕް ކުރި މައްސަލާގައި އޭނާގެ އަނިޔާތަކުގެ ވީޑިއޯއެއް ބެން-ގްވީރު އަމިއްލައަށް ފަޚުރުވެރިކަމާއެކު އާންމުކުރުމާ ގުޅިގެންނެވެ.
މި ޖަރީމާއާ ގުޅިގެން ފްރާންސް، އިޓަލީ އަދި ސްޕެއިން ފަދަ ގައުމުތަކުން ދަނީ އޭނާއަށް ޔޫރަޕަށް ދަތުރުކުރުމަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލަމުންނެވެ. އަދި އިޓަލީއާއި ފްރާންސްގެ ޝަރުއީ ކޯޓުތަކުން މިހާރުވެސް ދަނީ އެކްޓިވިސްޓުންނަށް ލާއިންސާނީ އަނިޔާކުރުމުގެ ކުށުގައި ބެން-ގްވީރާ ދެކޮޅަށް ޖިނާއީ ތަހުގީގުތައް ހިންގަމުންނެވެ.
އިރާގްގެ ކުރުދީ ދެމަފިރިއަކަށް އިރާގްގައި އުފަންވި ބެން-ގްވީރަކީ އެއްވެސް ވަރަކަށް ޝަރަފެއް ނުވަތަ އަބުރެއް އޮތް މީހެއް ނޫނެވެ. އޭނާއަކީ ގާނޫނީ އަދަބެއް އަތުވެދާނެތީ ބިރުން ފިލައިގެން އުޅޭ، ބައިނަލްއަގުވާމީ މުޖުތަމައުން ބާކީވެފައިވާ ޔަހޫދީ ޒަޔަނސިްޓް ކުށްވެރިއެކެވެ.







