މިއީ އިންސާނީ ތާރީޚުގައިވެސް ހިނގާނެ އެންމެ ބިރުވެރި، އަދި ހިތްތަކަށް ކެތްނުވާނެ ފަދަ ނާމާން ހާދިސާއެކެވެ. އޮސްޓްރޭލިޔާގެ ހިމޭން އަވަށެއްގެ ތެރެއިން މިއަދު އިވެމުންދަނީ، މަންމައަކު އޭނާގެ 4 އަހަރުގެ މައުސޫމް ފިރިހެން ދަރިފުޅު މަރާލުމަށްފަހު، އެ ކުއްޖާގެ މިނިމަސް ކެއި ކަމުގެ ވާހަކައެވެ.
އުމުރުން 32 އަހަރުގެ މި އަންހެންމީހާ މިހާރު ވަނީ ކޯޓު އަމުރެއްގެ ދަށުން ފޮރެންސިކް ތަހުގީގަށް ހަށިގަނޑުގެ ސާމްޕަލްތައް ދޭން މަޖުބޫރު ކޮށްފައެވެ. ސައިންސްވެރިންނާއި ތަހުގީގު ކުރާ ފަރާތްތަކުން އަންނަނީ އޭނާގެ އަނގައިގެ ތެރެއިންނާއި ކުޅުން އަދި ނިޔަފަތިތަކުގެ ދަށުން ސާމްޕަލް ނަގައި، މި ބިރުވެރި ޖަރީމާގެ ހަގީގަތް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ފުލުހުންނަށް ފެނުނު ސިހުން ކުރުވި މަންޒަރު
މި ހާދިސާ ތިލަވީ، އެ މަންމަ އަމިއްލައަށް ފުލުހުންގެ މަރުކަޒަކަށް ގޮސް، ދަރިފުޅު މަރުވެފައިވާ ކަމަށް ބުނެ ރިޕޯޓްކުރުމުންނެވެ. ފުލުހުން އެ ގެއަށް ގޮސް ވަތްއިރު ފެނުނު މަންޒަރަކީ މުޅި އުމުރަށްވެސް ހިތުން ފިލައިގެން ނުދާނެ ފަދަ ލޭގަނޑެއްގެ ތެރޭގައި އޮތް ހަށިގަނޑެކެވެ. 4 އަހަރުގެ ކުޑަކުއްޖާ އޮތީ އެއް އަތް ބުރިކޮށްލާފައެވެ. ބެލެވޭ ގޮތުގައި ފުލުހުންނަށް އެ ހަށިގަނޑު ފެނުނުއިރު، ކުއްޖާ މަރުވެފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެއެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންނަށް ފެނުނު މަންޒަރުތަކުގެ ނާމާންކަމުން، އެމީހުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭން މިހާރު ވަނީ މަޖުބޫރުވެފައެވެ.
ސިޑްނީ މޯނިންގް ހެރަލްޑް ނޫހުން ރިޕޯޓްކުރާ ގޮތުގައި، ކުއްޖާގެ މަސް ކެއި ކަމުގެ ތުހުމަތު ފުލުހުން ކުރަން ފެށީ، ހައްޔަރުކުރި މަންމައާ ކުރެވުނު ސުވާލުތަކާއި އޭނާ ދެއްކި ބައެއް ވާހަކަތަކާ ގުޅިގެންނެވެ.
މި އާއިލާއަކީ މީގެ ކުރިންވެސް ގެވެށި އަނިޔާގެ މައްސަލަތަކެއްގެ ސަބަބުން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ އާއިލާއެކެވެ. އަވަށްޓެރިން ބުނާގޮތުގައި، މި މަންމައާއި ދަރިފުޅު ކުއްޔަށް ހިފި ގެއަށް ބަދަލުވީވެސް ކުރީގެ ބައިވެރިޔާގެ ކިބައިން ސަލާމަތްވުމަށެވެ.
އޮސްޓްރޭލިޔާގެ ފެމިލީޒް އެންޑް ކޮމިއުނިޓީޒް މިނިސްޓަރު، ކޭޓްޝިންގްޓަން ހާމަކުރެއްވި ގޮތުގައި، މި ކުއްޖާގެ މަރުގެ މައްސަލާގައި މިނިވަން މުސްތަގިއްލު ރިވިއުއެއް ހަދާނެއެވެ. ސަބަބަކީ މީގެ 18 މަސް ކުރިންވެސް، މި އާއިލާގެ ރައްކާތެރިކަމާ ބެހޭގޮތުން ދައުލަތުގެ އިދާރާތަކަށް ގިނަ ރިޕޯޓްތަކެއް ލިބިފައިވުމެވެ. އެހެންކަމުން، މިއީ ހިނގުން ހުއްޓުވޭނެ ފަދަ ކާރިސާއެއްތޯ ބެލުން މުހިންމެވެ.
މި ބިރުވެރި ޖަރީމާގެ ތުހުމަތުލިބޭ މަންމަ މިހާރު ހުރީ ކަފާލާތުގެ ދަށުން ސަލާމަތްނުވެވޭ ގޮތަށް، ޝަރީޢަތް ނިމެންދެން ބަންދުގައެވެ.






