އިރާނަށް އެމެރިކާއިން ވަރުގަދަ ހަމަލާއެއް ދޭން އުޅޭ ކަމަށް ބަލައި، ރޭ އިސްރާއީލުން ތައްޔާރުވި

އިސްރާއީލުގެ ބްރޯޑްކާސްޓިން އޮތޯރިޓީން އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ:

  • އިރާނަށް އެމެރިކާއިން ވަރުގަދަ އަދި ފުޅާ ދާއިރާއެއްގައި ހަމަލާއެއް ދޭން އުޅޭ ކަމަށް ބަލައި، ރޭ އިސްރާއީލުން އެކަމަށް ތައްޔާރުވި ކަމަށެވެ.

  • މިއީ މުޅި މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވެދާނެ ފަދަ ބޮޑު ހަމަލާއަކަށް ވާނެތީ، އަދި އެ ހަމަލާގެ ރައްދުގައި އިރާނުން އިސްރާއީލަށް މިސައިލް ހަމަލާތަކެއް ދީފިނަމަ، އެ ހަމަލާތަކުގައި އިސްރާއީލުން ބައިވެރިވާން ޖެހިދާނެ ކަމަށް ބަލައި ޔަހޫދީ ރެޖީމުން ތައްޔާރުވިއެވެ.

  • ލަފާކުރެވޭ ގޮތުގައި، އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އެ ހަމަލާ ދިނުމަށް ކަނޑައަޅާފައިވާ މުއްދަތު ފަސްކޮށް، މަޝްވަރާތަކަށް ކުރުމަށް އިރާނަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމަވާފައެވެ.

ހިއްސާ ކުރައްވާ!