އެމެރިކާ ސެނެޓަށް ވަންނަ ފުރަތަމަ މުސްލިމަކަށް އަބްދުއްރަޙުމާން ސައްޔިދު

މިޝިގަންގެ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ ކާމިޔާބުކުރެއްވި ޢަބްދުލް ސައްޔިދަކީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވާ ފުރަތަމަ މުސްލިމަށް ވުމުގެ ފުރުޞަތު ބޮޑުވެފައިވާ ޕްރޮގްރެސިވް ލީޑަރެކެވެ.

އެމެރިކާގެ މިޝިގަން ސްޓޭޓުން ސެނެޓް ގޮނޑިއަށް ވާދަކުރުމަށް ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ ޓިކެޓް ޢަބްދުއްރަޙްމާން އައްސައްޔިދު (ޢަބްދުލް ސައްޔިދު) ކާމިޔާބުކުރައްވައިފިއެވެ. އުމުރުން 41 އަހަރުގެ ޢަބްދުލް ސައްޔިދަކީ، މިޝިގަންގެ އާންމު ރައްޔިތުންނަށް ދިމާވެފައިވާ އަސާސީ މައްސަލަތަކަށް ޙައްލު ހޯދައިދިނުމަށް ޒަމާނުއްސުރެން ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރަމުން އަންނަ ޤާބިލު އަދި ތަޢުލީމީ ލީޑަރެކެވެ.

މި ކާމިޔާބީއާއެކު އޭނާ ވެގެންދާނީ އެމެރިކާގެ ސެނެޓަށް އިންތިޚާބުވާ ފުރަތަމަ މުސްލިމް މެންބަރަށެވެ.

  • ޕްރޮގްރެސިވް ފިކުރުގެ މައިގަނޑު ސަރަޙައްދުތަކުން ބޮޑެތި ތަފާތުތަކުން ކުރި ހޯއްދެވި.
  • ވާދަވެރިޔާ ހޭލީ ސްޓީވެންސްއާ ވާދަކޮށް ޢަބްދުލް ސައްޔިދު ވަނީ ވަރަށް ކުޑަ ތަފާތަކުން ކާމިޔާބީއެއް ހޯއްދަވާފަ.
  • ޑެޓްރޮއިޓްގެ މެޓްރޯ ސަރަޙައްދުގެ ހުރިހާ ތަނަކުން ޢަބްދުލް ސައްޔިދު ބަލިވި.
  • އެފްރިކަން-އެމެރިކަން ދަރިކޮޅުގެ މީހުންގެ ސަގާފީ ވަރުގަދަ ސަރަޙައްދުތަކުގައި އޭނާގެ ނަތީޖާ ދަށް.

ފުންނާބު އުސް ތަޢުލީމީ ޙަޔާތެއް، ޚިދުމަތްތެރި މަސައްކަތެއް

މިޝިގަންގެ އިރު ދެކުނު ސަރަޙައްދުގައި އުފަންވެ ބޮޑުވި ޑރ. ޢަބްދުލް ސައްޔިދަކީ މިޞްރުން ހިޖުރަ ކުރި އާއިލާއަކަށް އުފަން ބޭފުޅެކެވެ. އޭނާއަކީ ޅަފަތުގައި ޢަރަބި ބަހުން ވާހަކަ ދައްކައި، 11 ސެޕްޓެމްބަރުގެ ޙާދިސާއަށްފަހު އެމެރިކާގައި އޭނާގެ އަރަބި ނަސްލުގެ ސަބަބުން ކުރިމަތިވި ނަފްރަތާއި އިހާނެތިކަމާ އެކަނިވެރިކަމާ ކުރިމަތިލާންޖެހުނު ޒުވާނެކެވެ.

އޭނާގެ ތަޢުލީމީ ކާމިޔާބީތަކަށް ބަލާއިރު؛

  • މިޝިގަން ޔުނިވާސިޓީން މަތީ ފެނަވަރަކަށް ފާސްވެވަޑައިގެންނެވުން.
  • ކޮލަމްބިއާ ޔުނިވާސިޓީން ޑޮކްޓަރ އޮފް މެޑެސިން (އެމް.ޑީ) ޙާޞިލުކުރެއްވުން.
  • އޮކްސްފޯޑް ޔުނިވާސިޓީން ރޮޑްސް ސްކޮލަރޝިޕްގައި އިތުރު ޕީއެޗްޑީއެއް ޙާޞިލުކުރެއްވުން.

ފުރަތަމަ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ނަމަވެސް، އިންސާނުންގެ ސިއްޙީ މައްސަލަތަކަކީ ހަމައެކަނި ބޭސް ސިޓިއަކުން ޙައްލުވާނެ ކަންކަމެއް ނޫން ކަމަށާއި، އެއީ ނިޒާމީ ސިޔާސަތުތަކާ ގުޅިފައިވާ ކަންކަންކަން ދެނެގަނެ، އޭނާ ވަނީ ޢާންމު ޞިއްޙަތުގެ ދާއިރާއިން ވަކާލާތު ކުރެއްވުމަށް އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފައެވެ.

ޑިޓްރޮއިޓް ސިޓީގެ ޞިއްޙީ އިދާރާގެ އިސްވެރިއެއްގެ ގޮތުން މަސައްކަތްކުރައްވައި، ސްކޫލްތަކުން ވިހަ ލެޑް މާއްދާތައް ނައްތައިލުމާއި، އަދި ޑްރަގް އޯވަރޑޯޒް ހުއްޓުވުމަށް އޭނާ ވަނީ ނަމޫނާ މަސައްކަތްތަކެއް ކޮށްފައެވެ.

އަދި 3 ލައްކައަށްވުރެ ގިނަ މީހުންގެ ބޭސްފަރުވާގެ ބުރަ ކުޑަކޮށްދިނުމަށް 700 މިލިއަން ޑޮލަރުގެ ދަރަނި މާފުކޮށްދިނުމުގެ ޕްރޮގްރާމެއްވެސް ހިންގާފައިވެއެވެ.

ޒަޔަނިސްޓުންނާއި ޕާޓީގެ އިސް ފަރާތްތަކުގެ ނުފޫޒާ ދެކޮޅަށް

ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި އޮތް ބައިބައި ވުމާއެކު ޢަބްދުލް ސައްޔިދު ވެގެންދިޔައީ ޔަހޫދީ އަދި ނަސްރާނީ ޒަޔަނިސްޓުންނާއި ޕާޓީގެ ޚުދުމުޚުތާރު އިސްވެރިންނަށް ގޮންޖައްސަވައި ނުކުމެވަޑައިގެންނެވި ވަރުގަދަ ބަތަލަކަށެވެ.

ޔަހޫދީ ޖެނޮސައިޑަށް ތާއީދު ކުރާ ލޮބީ ގްރޫޕުތަކާއި، ޕާޓީގެ އިސް ފަރާތްތަކުގެ ތާއީދާއެކު ވާދަކުރި ޖެނޮސައިޑަށް ސަޕޯޓު ކުރި ކެންޑިޑޭޓް ހޭލީ ސްޓީވެންސްއާ ދެކޮޅަށް އޭނާ ހޯއްދެވި ކާމިޔާބީއަކީ ތާރީޚީ ކާމިޔާބެކެވެ.

އިސްރާއީލަށް އެމެރިކާ ވިއްކާލުމަށް ބާރުއަޅާ ޔަހޫދީންގެ ނުފުޒު ގަދަ ޒަޔަނސިްޓް އައިޕެކް އެހެން ޔަހޫދީ ސޮލީބީ ޖަމާއަތްތަކުން އޭނާއާ ދެކޮޅު ކެމްޕޭނަށް ބޮޑެތި ޚަރަދުތަކެއްކޮށް، ޢަބްދުލް ސައްޔިދު ބަލިކުރުމަށް މަސައްކަތްކުރި ނަމަވެސް، އާންމު ރައްޔިތުންގެ ލޯތްބާއި ޕްރޮގްރެސިވް ލީޑަރުން ކަމަށްވާ ބަރނީ ސާންޑަރސް އަދި އެލެގްޒެންޑްރިއާ އޮކާސިއޯ-ކޯޓޭޒްގެ ފުރިހަމަ ތާއީދާއެކު އޭނާ ވަނީ ކާމިޔާބީ ހޯއްދަވާފައެވެ.

އަދި ޚާރިޖީ ސިޔާސަތުގައި އިސްރާއީލަށްދޭ މާލީ އެހީތައް ކަނޑައިލުމަށާއި، ޔަހޫދީ ޒަޔަނސިްޓުންގެ ނުފޫޒު އެމެރިކާގެ ސިޔާސީ މަސްރަޙުން ބޭރުކުރުމަށް އޭނާ ދައްކަވާ ވާހަކައަށް ވަނީ ބޮޑު ތާއީދެއް ލިބިފައެވެ.

ކުރިއަށް އޮތް ޗެލެންޖު

ނޮވެމްބަރު މަހު އަންނަ ޢާންމު އިންތިޚާބުގައި ޢަބްދުލް ސައްޔިދު ނުކުންނަވަނީ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް މައިކް ރޮޖަރސްއާ ދެކޮޅަށެވެ. މިއީ މުޅި އެމެރިކާގެ ސަމާލުކަން ލިބިފައިވާ ވަރަށް ފޯރިގަދަ އަދި ވާދަވެރި އިންތިޚާބަކަށް ވެގެންދާނެއެވެ.

އަބްދުލް ސައްޔިދުގެ ކާމިޔާބީއަށް ފަހު ޒަޔަނސިްޓު ފިކުރުގެ އިސްލާމޯފޯބިއާ އަށް ހިތްވަރުދޭ ޓްރަމްޕް ވަނީ އަބްދުލްއާ ދެކޮޅަށް ކެމްޕޭން ކޮށް ޕްރޮޕެގެންޑާ ކުރަން ފަށާފައެވެ.

ހިއްސާ ކުރައްވާ!