ކިއުއާރު ކޯޑުތަކާއި ޖީޕީއެސް ފަދަ ޚަރަދު ކުޑަ ޑިޖިޓަލް ޓެކްނޮލޮޖީތައް ބޭނުންކޮށްގެން، އިންޑިއާގެ މަހާރާޝްޓްރާ ސްޓޭޓްގައި ހުންނަ ތާރީޚީ 18 ބިނާއަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތާރީޚީ މަޢުލޫމާތު ފަސޭހައިން ލިބޭނެ އޯޑިއޯ ގައިޑްގެ ޚިދުމަތް، އާކިއޮލޮޖިކަލް ސަރވޭ އޮފް އިންޑިއާ (އޭއެސްއައި) އިން ތަޢާރަފުކޮށްފިއެވެ. ބޮޑެތި އަގުހުރި އާލާތްތަކުގެ ބަދަލުގައި ޒިޔާރަތްކުރާ މީހުންގެ އަމިއްލަ ސްމާޓްފޯނުތަކުން ކިޔޫއާރް ކޯޑް ސްކޭން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޚިދުމަތަކީ، ޒަމާނީ އަދި ޚަރަދު ކުޑަ ޓެކްނޮލޮޖީގެ އެހީގައި ތާރީޚީ ތަރިކަތައް ތަޖުރިބާކުރުމުގެ ވައްޓަފާޅިއަށް ގެނައި މުހިންމު ބަދަލެކެވެ.
ނޮވެމްބަރު 19 އިން 25 އަށް ކުިއަށްދާ ވޯލްޑް ހެރިޓޭޖް ވީކްގެ ތެރޭގައި ފެށި މި ޚިދުމަތުގެ ސަބަބުން މަހަރާޝްޓްރާގެ ތާރީޚީ މަރުކަޒުތަކަށް ޒިޔާރަތް ކުރާ މީހުންނަށް ފަސޭހަކަމާއެކު މައުލޫމާތު ލިބިގެން ދާނެއެވެ.
މި ޓެކްނޮލޮޖީގެ އެންމެ ބޮޑު އެއް ފަސޭހައަކީ، ކިއުއާރު ކޯޑު ސްކޭންކޮށްގެން އޮންލައިންކޮށް އަދި އޮފްލައިން މޯޑުގައި ވެސް އޯޑިއޯ ގައިޑް ޓުއަރ ފެށޭނެ ގޮތް ހަމަޖެހިފައި ވުމެވެ. މީގެ ސަބަބުން އިންޓަނެޓްގެ ޚިދުމަތް ދަށް ނުވަތަ މެދުކެނޑޭ ސަރަހައްދުތަކުގައި ވެސް ފަތުރުވެރިންނަށް އެއްވެސް ދަތިކަމެއް ނެތި މަޢުލޫމާތު ލިބޭނެއެވެ. އަދި ޖީޕީއެސް ބޭނުންކުރާ ނިޒާމު އިޚްތިޔާރުކުރާ ނަމަ، އެ ސަރަހައްދެއްގައި ހަރަކާތްތެރިވާ ވަރަކަށް މީހާ އުޅޭ ސަރަހައްދުގެ މުހިންމުކަމާއި، ޤަދީމީ ތާރީޚާއި، ޚާއްސަ ސިފަތަކުގެ މަޢުލޫމާތު އޮޓޮމެޓިކުން ލިބޭނެއެވެ.
މިހާތަނަށް މި ނިޒާމުގެ ދަށުން މުމްބާޢީ ސަރަހައްދުގެ 40 ތަނެއް ވަނީ ކަވަރުކޮށްފައެވެ. އެންމެ ފަހުން އިތުރުކުރި ބައިގައި ކަނޑުގެ އައްސޭރި، ފަރުބަދަތައް އަދި އާސާރީ ކިއްލާތަކާއި ހޮހަޅަތަކާއި، ގަދީމީ މިސްކިތްތަކުގެ މައުލޫމާތު ހިމަނާފައި ވެއެވެ.
އޭއެސްއައިން ބުނެފައިވާ ގޮތުގައި ޚަރަދު ކުޑަ މި ޑިޖިޓަލް ޙައްލުގެ ސަބަބުން މި ތަންތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެ ތަންތަނުގެ ތާރީޚީ އަދި އިމާރާތް ކުރުމުގެ ވައްޓަފާޅިއާއި ސަގާފަތް ފަހުމުވުމަށް އެހީތެރިވެދޭނެ ކަމަށެވެ.
މަހާރާޝްޓްރާގެ ކޮންކަން އައްސޭރީގައި 12 އަދި 13 ވަނަ ޤަރުނުގައި ބިނާ ކޮށްފައިވާ ގިނަ ކިއްލާތަކެއް ހުރެއެވެ. މި ކިއްލާތަކުން ކަނޑުމަގުގެ ވިޔަފާރިއާއި އައްސޭރިފަށުގެ ދިފާޢުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.
ކިއުއާރް ކޯޑް ބޭނުންކޮށްގެން މަރާޓީ، އިނގިރޭސި އަދި ހިންދީ ބަހުން މައުލޫމާތު ލިބެން ހުންނާނެއެވެ.





