ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އުސްތާޒް މަޙާޒު ޢަލީ ޒާހިރު ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މިއަދުގެ ޖަލްސާގައި މި މައްސަލަ ދިރާސާކުރުމަށް ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.
މަޖިލީހަށް އިއްވި ސިޓީގައި ވަނީ؛ 4 އެޕްރީލްގައި ހައްޔަރުކުރި ގދ. ދާންދޫ އަސަރީގޭ ޑރ. އިސްމާޢީލް ލަޠީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރި މައްސަލާގައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކްރިމިނަލް ކޯޓުގެ ޤާޟީ ޞަފްވަތު ހަބީބް މެދުވެރިކޮށް، ބަންދާމެދު ގޮތެއް ނިންމެވި ގާޒީ އިބްރާހީމް ޒިހުނީއަށް ނުފޫޒް ފޯރުވާފައިވާ ކަން ސާބިތުވާ ކަމަށެވެ.
އަދި ދެ ފަނޑިޔާރުންގެ އަމަލަކީ ޤާނޫނުއަސާސީއާއި، ފަނޑިޔާރުންގެ ޤާނޫނާއި، ސުލޫކީ މިންގަނޑާ ޚިލާފް އަމަލެއްކަމަށް ބެލެވޭތީ އެ ދެފަނޑިޔާރުންނާ މެދު ގޮތެއް ނިންމުމަށް ޖޭއެސްސީން އެދިފައިވެ އެވެ.
ތަފްސީލު:



