ފްރާންސްގެ ޓެލެކޮމިއުނިކޭޝަން ދާއިރާގެ ބޮޑު ކުންފުންޏެއް ކަމަށްވާ އޯރަންޖް ކުންފުނީގެ މުވައްޒަފަކަށް 20 އަހަރު ވަންދެން އެއްވެސް މަސައްކަތެއް ނުދީ ބެހެއްޓުމާ ގުޅިގެން އެ ކުންފުންޏާ ދެކޮޅަށް އޭނާ ދައުވާ ކޮށްފިއެވެ.
59 އަހަރުގެ ލޯރަންސް ވަން ވަސެންހޯފްގެ ނަމުން މީޑިއާގައި ފާހަގަ ކޮށްފައިވާ މުވައްޒަފު އޯރަންޖް ކުންފުނީގައި މަސައްކަތް ފެށީ 1993 ވަނަ އަހަރު އެޗްއާރު އެސިސްޓެންޓެއްގެ މަޤާމުގައެވެ. ނަމަވެސް، 2002 ވަނަ އަހަރު އޭނާގެ ސިއްހީ ހާލަތު ގޯސްވުމާ ގުޅިގެން ސެކްރެޓަރީގެ މަޤާމަކަށް ބަދަލުކުރެވުނެވެ. އޭގެ ފަހުން އޭނާއަށް އެއްވެސް މަސައްކަތެއް ނުދީ، އިންސާނީ ގުޅުމެއްވެސް ނުބާއްވައި، ހަމައެކަނި މުސާރަ ދެމުން ގެންދިޔަ ކަމަށް އޭނާ ބުނެއެވެ.
މި މައްސަލައިގައި ވަން ވަސެންހޯފް ކުރާ ދަޢުވާގައި ބުނެފައިވަނީ، ކުންފުނިން އޭނާއަށް އެކަށީގެންވާ ތަމްރީނެއް ނުވަތަ އެހެން މަސައްކަތެއް ހޯދައިދިނުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، އޯރަންޖް ކުންފުނިން ބުނާ ގޮތުގައި އޭނާ ގިނަ ދުވަސްތަކެއް ވަންދެން ސަލާމުގެ ޗުއްޓީގައި ހުރުމުގެ ސަބަބުން އެހެން މަޤާމެއް ހަމަޖެއްސުމަށް ދަތިތަކާ ކުރިމަތިވިއެވެ.
މި މައްސަލައިގެ ސަބަބުން ފްރާންސްގައި މިހާރު ދަނީ ދިގު މުއްދަތަކަށް ނުކުޅެދޭ މުވައްޒަފުންނާމެދު ވަޒީފާދޭ ފަރާތްތަކުގެ ޒިންމާއާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ބަހުސްތަކެއް ފަށާފައެވެ. މި މައްސަލައިން ފާހަގަވަނީ މުވައްޒަފުންގެ ދުޅަހެޔޮކަމާއި ވަޒީފާގެ މާހައުލުގައި އިންސާނީ ގުޅުންތަކުގެ މުހިންމުކަމެވެ.






