ސޫރިޔާގެ ޝެއިޚު ޖައުލާނީ ރައީސް ބިލިއާޑް ކުޅުއްވާ ފޮޓޯއް ވައިރަލް ވެއްޖެ

ސޫރިޔާގެ ރައީސް ޝެއިޚު އަހްމަދު އައް-ޝަރުޢު ޖައުލާނީ ބިލިއާޑް ކުޅުއްވަމުން ގެންދަވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޫރިޔާގެ "އަލް-އިޚްބާރިއްޔާ" ޗެނަލުން ދައްކައިފިއެވެ. މި ވީޑިއޯގައި ޝެއިޚު ޖައުލާނީ ވަރަށް ހުނަރުވެރިކަމާއެކު ބޯޅަތައް ޖައްސަވަމުން ގެންދަވާ މަންޒަރު ފެނެއެވެ.

ސުރިޔާގެ އެއް ބަޔަކު މިވީޑިއޯއަށް ޖޯކު ޖަހާފައިވާއިރު އަނެއް ބަޔަކު ވަނީ އިއްޔެ ފަގުޑި އަޅައިގެން ޣާޒީއެއްގެ ބައިކުޅުނު ޖައުލާނީ ރައްޔިތުންނާ މެދު ފިކުރެއް ނުބަހައްޓައި މަޖާ ކުރައްވަނީ ކަމަށް ތުހުމަތުކޮށްފައެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ޝެއިޚު ޖައުލާނީގެ އަރިސް ފަރާތްތަކުން ވަނީ އޭނާގެ ކުޅުއްވުމުގެ ހުނަރުވެރިކަން ފާޅުކޮށް ބާރަށް އަތް ޖަހަމުން ގޮސްފައެވެ. އަދި ޗެއިޚު ޖައުލާނީ ރައީސް ވެސް ހިނިފުޅުވަޑުވާތަން ވީޑިއޯއިން ފެނެއެވެ.

ޝެއިޚު ޖައުލާނީ އަކީ އދގައި ޔަހޫދީ މުޖުރިމު ނަތަންޔާހޫ ވާހަކަ ދެއްކިއިރު މާލަމުން ބޭރުނުވެ ތިބި މަދު މަންދޫބުންގެ ތެރޭން އެކަކެވެ.

ހިއްސާ ކުރައްވާ!