ރައީސަށް ފާޑޫ ކިޔުމުން ދަންޖައްސަން ޙުކުމް ކޮށްފި

ފޭސްބުކް ޕޯސްޓެއްގައި ރައީސްއަށް ފުރައްސާރަކޮށް ދައުލަތުގެ ސަލާމަތަށް ނުރައްކާ ކުރިކަމަށް ބުނެ ކޮށްފައިވާ ދެ ދައުވާއެއްގައި ޓިއުނީޝިއާގެ ފަނޑިޔާރަކު ވަނީ އާންމު ރައްޔިތަކަށް މަރުގެ ޙުކުމް އިއްވާފައެވެ. ޓިއުނީޝިއާގެ ހިއުމަން ރައިޓްސް ލީގުގެ ރައީސް ވަނީ މިޙުކުމް ކޮށްފައިވާ ކަން ޔަގީން ކޮށްދެއްވާފައެވެ. މި ހުކުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

މިއީ ޓިއުނީޝިއާގައި އޮންލައިންކޮށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅަށް ފަނޑިޔާރަކު ކޮށްފައިވާ ކުރިން ނުފެންނަ އަދި ހަރުކަށި އަދަބެއް ކަމަށް ސިފަ ކޮށްފައި ވެއެވެ. މިއީ 2021 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތް ރައީސް ޤައިސް ސައީދު އޭގެ އަންބޮނޑިއަށް ދައުލަތުގެ ބާރުތައް މަހާލި ފަހުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ކޮށްފައިޥާ މަސައްކަތުގެ ނަތީޖާއެއް ކަމަށްވެސް އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ތުހުމަތު ކުރެ އެވެ.

"ރައީސަށް ފާޑުކިޔާ ފޭސްބުކް ޕޯސްޓްތަކެއް ކުރުމުން ނާބުލް ކޯޓުގެ ގާޒީއަކު ވަނީ ސާބިރު ޝޫޝާއަށް މަރުގެ ހުކުމް އިއްވާފައި… އެއީ ސިއްސުވާލާފަދަ ޙުކުމެއް. އަދި މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ޒާތުގެ ހުކުމެއް،" އިސްތިއުނާފަށް މައްސަލަ ހުށަހަޅަމުން ސާބިރު ޝޫޝާން 56އ، ތަމްސީލުކުރައްވާ ވަކީލު އުސާމާ ބޫޘަލްޖާ ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ސާބިރަކީ ސިޔާސީ މީހެއް ނޫނެވެ. އަދި އެއީ ތައުލީމީ ފެންވަރު ދަށް އާދައިގެ ރައްޔިތެކެވެ. އަދި އޭނާއަކީ، ހިފެހެއްޓުމެއް ނެތި ރައީސްއަށް ފާޑުކިޔާ ޕޯސްޓްތައް ލިޔެ އަދި ރީޕޯސްޓް ކޮށްހަދާ މީހެއް ކަމަށެވެ.

ޓިއުނީޝިއާގެ ކޯޓުތަކުން ދޭތެރެ ދޭތެރެއިން މަރުގެ ހުކުމް އިއްވައެވެ. ނަމަވެސް، މި ބާވަތުގެ ހުކުމް ތަންފީޒު ނުކުރާތާ މިހާރު 30ށް އަހަރު ވެއްޖެއެވެ.

ހިއްސާ ކުރައްވާ!