ވެނެޒުއެލާގެ އިދިކޮޅު ލީޑަރު މާރިއާ ކޮރިނާ މަޗާޑޯ އަށް 2025 ވަނަ އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ހަމަޖެހިއްޖެއެވެ. މި އިނާމު އޭނާއަށް ދިނުމަށް ނިންމެވީ ވެނެޒުއެލާގެ ޑިމޮކްރަސީ ދިފާއުކުރުމަށް ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށް ބައްލަވައިގެންނެވެ.
މަޗާޑޯ އަކީ ޑިމޮކްރެޓިކް އެކްޝަން ޕާޓީގައި އުޅުއްވުމަށްފަހު ނެޝަނަލް އެކްޝަން ޕާޓީ އުފެއްދެވި ބޭފުޅެކެވެ. 2011 ވަނަ އަހަރު ވެނެޒުއެލާގެ ނެޝަނަލް އެސެމްބްލީގެ މެންބަރުކަން ލިބިވަޑައިގެންނެވިއެވެ. ނަމަވެސް 2024 ވަނަ އަހަރު އޭނާއާ ދެކޮޅަށް ޤައުމަށް ޣައްދާރުވުމުގެ ދައުވާތަކެއް އުފުލިއެވެ.
2025 ވަނަ އަހަރުގެ ސުލްހައިގެ އިނާމަށް 338 ފަރުދުންނާއި ޖަމާއަތްތައް ނޮމިނޭޓް ކުރެވިފައިވެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި އިނާމު ދިނުމަށް އިޒްރޭލާއި ޕާކިސްތާނުން ގުޅިގެން މަސައްކަތް ކޮށްފައި ވެއެވެ. އަލްޙަމްދުލިއްލާހި! އެކަން ކާމިޔާބެއް ނުވިއެވެ.





