އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްް ގައުމާ މުޚާތަބުކޮށް ގޮދު ހެދުމަށް ގަސްތުކޮށް ބުރާސްފަތި ދުވަހުގެ ރޭ ލައިވް ޓީވީގައި ތަގްރީރު ކުރަން އެދި އެ ތަގްރީރު ހުރިހައި ޓީވީއަކުން ލައިވް ކުރުމަށް އެދުމުން ޓީވީތަކުން އެކަމަށް ދެކޮޅު ހަދައިފިއެވެ،. ޓްރަމްޕް އުޅުނީ އިންތިޚާބުގެ ސަލާމަތާ ކަންކަމާ ބެހޭ ގޮތުން ގައުމާ މުޚާތަބު ކޮށް ޚިތާބެއް ދެއްވަނީ ކަމަށް ވިދާޅުވެ އެމެރިކާގެ ބޮޑެތި ބައެއް ޓީވީ ޗެނަލްތަކުގެ މައި ޕްލެޓްފޯމްތަކުން ލައިވްކޮށް ދައްކަން ބާރު އަޅާފައެެވެ.
ޓްރަމްޕްގެ ދޮގު ވާހަކަތައް ލައިވްކޮށް ދައްކަން ދެކޮޅު ހެދި ޗެނަލްތަކުގެ ތެރޭގައި އޭބީސީ އެންބީސީ އަދި ސީއެންއެން ހިމެނެއެވެ.
ޓްރަމްޕްގެ ދޮގުތައް ފެތުރިޔަ ނުދިނުމަށްޓަކައި މި ޗެނަލްތަކުން މި ބަޔާން ދައްކާފައިވަނީ އާންމުކޮށް ބެލުންތެރިން މަދު، އޮންލައިން ޕްލެޓްފޯމްތަކުންނެވެ.
މި ކަމާ ހިތްޕުޅާނުވެ، ބަޔާން ދެއްވަމުން ރައީސް ޓްރަމްޕް ވަނީ އެންބީސީ އަދި އޭބީސީ އާ ދެކޮޅަށް ފިޔަވަޅު އަލައި ލައިސަންނސް ހިފަހައްޓައި އެތަންތަން ބަންދު ކުރާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.
މި ބަޔާން އެއްކޮށް ލައިވްކޮށް ދެއްކީ އާދަވެގެން ޓްރަމްޕްގެ ޕްރޮޕެގެންޑާ ފަތުރައިުދޭ ފޮކްސް ނިއުސް އިންނެވެ.
ސީބީއެސް އިން އާންމުކޮށް ދައްކާ ޕްރޮގްރާމްތައް މެދުކަނޑާލުމަށްފަހު ބަޔާން ދައްކަން ފެށީ ޓްރަމްޕް ދޮގު ހަދަން ފެށިތާ މަދު މިނެޓުކޮޅެއް ފަހުންނެވެ. އަދި އޭނާގެ ދޮގު ވާހަކަތައް ނިމުމުގެ ކުރިން އެ ޗެނަލުން ވަނީ ލައިވް މެދުކަނޑާލާފައެވެ.
މީގެ އިތުރުން، އެމްއެސްއެންބީސީއިން ވެސް 17 މިނެޓަށް ބަޔާން ދެއްކުމަށްފަހު، ދޮގުތައް ގިނަކަމުން ލައިވް ކަނޑާލައި ޚަބަރުގެ ދިރާސާތަކަށް ބަދަލުވެގެންފިއެވެ.
ވައިޓް ހައުސްގެ އީސްޓް ރޫމްގައި އޮޓޯކިއޫއިން ކިޔަމުން ޓްރަމޕް ދެއްވި މި ބަޔާނާ ގުޅިގެން މީޑިއާ އިން ވަނީ އިންތިހާއަށް ދޮގު ހަދާ ވެރިއެއް ކަމަށް ބުނެ ފާޑު ކިޔުން އިތުރު ކޮށްފައެވެ.






