ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކަށް އަމްޖަދު

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް އަމްޖަދު މުސްތަފާ ހަމަޖައްސައިފިއެވެ.

މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޑީޖޭއޭއިން ހުޅުވާލެއްވީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މި މަޤާމު ހުސްވީ، ކުރިން މި މަޤާމު ފުރުއްވަމުން ގެންދެވި ޢާއިޝަތު ރިޒްނާގެ މައްޗަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ތަޙުޤީޤެއް ފެށުމާ ގުޅިގެން، އޭނާ މަޤާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ.

އަމްޖަދު މުސްތަފާއަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމާއި، އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްކަމާއި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ބޯޑު ޑިރެކްޓަރުކަން ކުރައްވާފައިވާ، ބޭފުޅެކެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަކީ 5 އަހަރުގެ ދައުރަކަށް ޢައްޔަންކުރެވޭ، ޝަރުޢީ ދާއިރާގެ އިދާރީ އެންމެ އިސް މަޤާމެވެ. މި މަޤާމުގެ މުސާރައިގެ ގޮތުގައި މަހަކު 47,500 ރުފިޔާ ހަމަޖެހިފައިވެއެވެ.

ހިއްސާ ކުރައްވާ!