ސަސްޕެންޝަނަށް ލީ ދެ ފަނޑިޔާރުން ވަކި ކުރަން ނިންމައިފި

ސަސްޕެންޝަނަށް ލާފައިވާ ދެ ފަނޑިޔާރުން ވަކި ކުރުމަށް ޖޭއެސްސީން ނިންމައިފިއެވެ. ސުމްޕީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޖަސްޓިސް ޑރ. އަޒްމިރާލްދާ ޒާހިރުއާއި ޖަސްޓިސް މަހާޒް ޢަލީ ޒާހިރު ވަކި ކުރުމުގެ މައްސަލަ ދެން ދާނީ ސުޕްރީމް ކޯޓަށެވެ.

މި ދެ ފަނޑިޔާރުންނަށް ތުހުމަތުކޮށްފައި ވަނީ ޝަރީއަތަށް ނުފޫޒު ފޯރުވިކަމަށެވެ. މިމައްސަލައަކީ، ފެބްރުއަރީ މަހު އަޒްމިރާލްދާގެ ފިރިކަލުން، ޑރ. އިސްމާޢީލް ލަޠީފް މަސާޖް ކުރާތަނަކުން ހައްޔަރުކުރި މައްސަލާގައި މި ދެ ފަނޑިޔާރުން ކުރިމިނަލް ކޯޓަށް ނުފޯޒު ފޯރުއްވެވި ކަމަސް ބުނާ މައްސަލައެކެވެ. ޑރ. އިސްމާއީލުގެ މައްސަލަ ވަނީ ހެކި ނެތިގެން ފައިލްކޮށްފައެވެ.

މިމައްސަލާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް ޙުސްނުއްސުޢޫދަށްވެސް ތުހުމަތު ކުރިއެވެ. މި ތިން ބޭފުޅުންވެސް ސަސްޕެންޝަށް ލާފައި ވަނީ ފެބްރުއަރީ 26 ގައެވެ.

މި މައްސަލަ ކުރިމަތިވީ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާޙަކާ ގުޅިގެން އެ އިސްލާހަށް އަމަލު ކުރުން ފަސްކުރުމަށް ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ބޭއްވުމަށް ސުޕްރީމް ކޯޓުން ތައްޔާރު ވަމުން ދަނިކޮށެވެ.

މިއަދު މެންދުފަހުން 2ން ފެށިގެން މި މައްސަލާގެ ތަހުގީގު ރިޕޯޓާ މެދު ޖޭއެސްސީގައި ބަހުސްކޮށްފައި ވެއެވެ.

ހިއްސާ ކުރައްވާ!