ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ނުކުރާން ނިންމައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ވަކިކުރުމާ ގުޅޭ މައްސަލަ ދިރާސާކުރުމަށް އެ ދެ ފަނޑިޔާރުން ކޮމިޓީއަށް ހާޒިރު ނުކުރާން ނުކުރާން ނިންމައިފިއެވެ.

މި މައްސަލަ ދިރާސާކުރުމަށް ބޭއްވުނު ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވީ ދެ ފަނޑިޔާރުންނާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ކޮމިޓީއަށް ހާޒިރުކުރުމަށެވެ. ނަމަވެސް، އެ ހުށަހެޅުމަށް ވޯޓަށް އެހުމުން ފާހެއް ނުވިއެވެ. އަދި ދެ ފަނޑިޔާރުން ވެސް އެދިވަޑައިގެންފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ދެއްވުމަށެވެ. އަދި ބާ ކައުންސިލުން ވެސް ވަނީ މި މައްސަލައިގައި ޖުޑިޝިއަރީ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް އެދިފައެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ފުރަތަމަ ހުށަހެޅުއްވީ ފަނޑިޔާރުންނާ ގުޅޭ ގޮތުން ފޮނުވާފައިވާ މައްސަލައިގައި އިޖުރާއީ ކަމެއް ފާހަގަ ނުކުރެވޭތީ، މައްސަލަ ތަޅުމަށް ފޮނުވުމަށެވެ. ނަމަވެސް، އެ ހުށަހެޅުމަށް މިއަދުގެ ބައްދަލުވުމުގައި ވޯޓަށް އަހާފައެއް ނުވެއެވެ.

މި މައްސަލައިގައި ކޮމިޓީން ގޮތެއް ނިންމާފައި ވަނީ ދެ ފަނޑިޔާރުންނާއި ބާ ކައުންސިލުން ހާޒިރުވުމަށް އެދިފައި ވަނިކޮށެވެ. ނަމަވެސް، ކޮމިޓީން ނިންމާފައި ވަނީ އެ ފަރާތްތައް ހާޒިރު ނުކުރުމަށެވެ.

ހިއްސާ ކުރައްވާ!