އާޖެންޓީނާގެ އަލްދިއަރިޓަސް ސިޓީގައި ހިނގި އާދަޔާ ޚިލާފު ހާދިސާއެއްގައި، މަރުވި 22 އަހަރުގެ ޒުވާނަކު އޭނާގެ ޖަނާޒާގެ ކަންކަން ކުރިއަށް ދަނިކޮށް ޖަނާޒާގައި ބައިވެރި ވެއްޖެއެވެ. މިއީ އުއްދަނޑި އުފުލާ ލޮރިއަކުން ޖެހިގެން ޒުވާނަކު މަރުވި މަގުމަތީ ހާދިސާއަކުން މެދުވެރިވި ކަމެކެވެ. ފުލުހުން ފުރަތަމަ ބުނީ އެ ޒުވާނާ މަރުވީ ދަންޖެހެން ވެގެން ލޮރީ ކުރިމައްޗަށް އަރައިގެން ކަމަށެވެ. ނަމަވެސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކަނޑައެޅީ މިއީ އޮޅިގެން މީހަކު މަރާލުމުގެ މައްސަލައެއް ކަމަށެވެ.
މަރުވެފައިވާ މީހާގެ ހަށިގަނޑު މޯޗަރީގައި އޮއްވާ، އަންހެނަކު ވަނީ އެއީ އޭނާގެ ދަރިފުޅު ކަމަށް ބުނެ ގަބުރާ ހަވާލުވެފައެވެ. އެ އަންހެން މީހާ މި ޒުވާނާ ދަނެގަތީ އޭނާގެ ސިފައާއި ލައިގެން ހުރި ހެދުމަށް ބަލާފައެވެ. އެއަށްފަހު އަންހެން މީހާ ޖަނާޒާގެ މަސައްކަތް ކުރިއަށް ގެންދިޔައީއެވެ.
ނަމަވެސް، ޖަނާޒާގެ ހާޒިރީންނަށް ލިބުނު ބޮޑު ސިހުމުގައި، މައްޔިތާ ކަމަށް ބަލައިގެން އެންމެން ހިތާމަ ފާޅުކުރަމުން ދިޔަ ޒުވާނާ ހުރީ އެމީހުންނާ އެކު ޖަނާޒާގައި ބައިވެރިވާ ށެވެ. ހީވީ އެތައް ދުވަހެއް ވަންދެން ނިދަން އޮވެފައި އައިސް ހުރީ ހެންނެވެ. އެއަށްފަހު މީހުން މައްޔިތާއާ މެދު ސުއާލު އުފެއްދިއެވެ.
ފަހުން ފުލުހުންގެ ތަހުގީގަށް ހާމަވި ގޮތުގައި، އޮޅުމަކުން ހަވާލު ކުރެވުނު ގަބުރަކީ ޖެހިގެން އޮތް އަވަށުގެ މީހެއްގެ ގަބުރެކެވެ. އަދި އެއީ 28 އަހަރުގެ މެކްސިމިލިއާނޯ އެންރިކޭ އަކޯސްޓާ ކަމަށްވެސް ބުންޏެވެ.
މައްޔިތާކަމަށް ހީކުރެވުނު ޒުވާނާ ބުނީ ހިނގައިގެން އުޅޭ ކަން އޭނާއަށް ސާފު ނުވާ ކަމަށެވެ. އަދި އެ ކަމެއް ހިނގި އިރު އޭނާ އޮތީ ރަނގަޅަށް ބޮއެގެން ބިއްޖެހިފައި ކަމަށެވެ. ޕްރޮސެކިއުޓަރުގެ އޮފީހުން ވަނި މިމައްސަލަ ހިނގައި ދިޔަ ގޮތް ހޯދުމަށް ތަހުގީގެއް ފަށާފައެވެ. އަދި ފުލުހުން މިފަދަ ހާލަތްތަކުގައި އަމަލު ކުރާ އެސްއޯޕީއާ މެދުވެސް ސުއާލު އުފައްދާފައެވެ.





