ޖަޕާނުގެ ދިރާސާއަކުން ދައްކާގޮތުގައި އަމިއްލަ ގޯތިގެދޮރުގައި ދިރިއުޅޭ މީހުންނާ އަޅާބަލާއިރު ކުއްޔަށް ދިރިއުޅޭ މީހުން ހިތުގެ ބަލިތަކުން މަރުވުމުގެ ނުރައްކާ ބޮޑުކަން ފާހަގަ ވެއެވެ. މިކަމުގެ މައިގަނޑު ސަބަބަކީ ކުއްޔަށްހިފާ ތަންތަނުގައި ފިނިހޫނުމިން ދަށްވުމާއި އިމާރާތްތަކުގެ އިންސިއުލޭޝަން ދަށްވުން ކަމަށް ޖަޕާނުގެ މި ދިރާސާގައި ބުނެފައި ވެއެވެ.
ޓޯކިއޯ ސައިންސް އިންސްޓިޓިއުޓުން ކުރި މި ދިރާސާގައި 39,000 އަށްވުރެ ގިނަ، އުމުރުން ދުވަސްވީ މީހުން ބައިވެރިކޮށްފައި ވެއެވެ. އަދި، 6 އަހަރުގެ މުއްދަތަކަށް ދިރާސާ ކުރިއަށް ގެންގޮސްފައި ވެއެވެ. ދިރާސާއިން ދައްކާގޮތުގައި އަމިއްލަ ނޫން ގެތަކުގައި އިންސުލޭޝަން ރަނގަޅަށް ބަލަހައްޓާފައި ނުވާތީ ފިނިހޫނުމިން ދަށްވެ، ލޭގެ ޕްރެޝަރ މައްޗަށް ދިއުމުގެ ފުރުސަތު ބޮޑެވެ. މި ނުރައްކާ އަންހެނުންނަށްވުރެ ފިރިހެނުންގެ މެދުގައި އިތުރު ކަމަށްވެސް ދައްކައެވެ.
ދިރާސާއިން ފާހަގަކުރާގޮތުގައި ކުއްޔަށްދޭ ގެތަކުގެ ވެރިފަރާތްތަކުން އިމާރާތުގެ ފެންވަރު ރަނގަޅުކުރުމަށް އެކަށީގެންވާ ޚަރަދެއް ނުކުރެއެވެ. ޖަޕާނުގައި ކުއްޔަށްދޭ ގެތަކުގެ 15 އިންސައްތައިގައި ފިނިން ސަލާމަތް ވުން ކުޑަކަމަށް ދައްކައެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އިރުޝާދުގައި ގޮތުން ގޭތެރޭގެ ފިނިހޫނުމިން 18 ޑިގްރީ ސެލްސިއަސްއަށްވުރެ މަތީގައި ބަހައްޓަން ޖެހެއެވެ.






