ނަތަންޔާހޫ އީރާނަށް ހަމަލާދޭން ކުރި އަމުރަށް ސިފައިންގެ ވެރިޔާ ދެކޮޅު ހަދައިފި

އީރާނަށް ހަމަލަ ދިނުމަށް ނަތަންޔާހޫ ދިން ސީދާ އަމުރަކަށް އިންކާރު ކޮށް އިންތިޚާބާ ދިމާކޮށް އީރާނާ ދެކޮޅަށް އަސްކަރީ ހަރަކާތެއް ކުރިއަށް ނުގެންދާނެ ކަމަށް އިސްރާއީލުގެ ސިފައިންގެ ވެރިޔާ ޗީފް އޮފް ސްޓާފް އޭޔާލް ޒަމީރު، ބުނެފި އެވެ. އިސްރާއީލުގެ ޗެނަލް 12 އިން ގެނަސްދިން ރިޕޯޓެއްގައިވާ ގޮތުން އެ ގައުމުގެ ސިޔާސީ ވެރިންނާއި ސިފައިންގެ އިސް ވެރިންގެ މެދުގައި މި މައްސަލާގައި ވަނީ ބޮޑު ޒުވާބެއް އުފެދިފައެވެ.

ޔަހޫދީ ދައުލަތުގެ ތާރީޚުގައިވެސް ސިފައިންގެ އިސް ވެރިއަކު ބޮޑުވަޒީރުގެ ސީދާ އަމުރަކަށް މިހާތަނަށް ދެކޮޅު ހަދފައެއް ނުވެއެވެ. މިއީ އެ ގޮތަށް ދެކޮޅު ހެދި ފުރަތަމަ ފަހަރެވެ. މި ހާދިސާއާއެކު އިސްރާއީލުގެ ސަރުކާރުގެ މުއައްސަސާތަކުގެ މެދުގައި އޮތް އިތުބާރު ގެއްލި، ސިފައިންގެ ތެރޭގައި ވެސް ބޮޑު ޚިލާފް ތަކެއް ވަނީ ފެންމަތިވެފައެވެ.

ޔަހޫދީންގެ މީޑިއާއިން ފާހަގަކުރާ ގޮތުގައި، އޭޔާލް ޒަމީރު އަދި ސިފައިންގެ އިސް ވެރިން މި އަމުރަށް ދެކޮޅު ހަދާފައި ވަނީ އީރާނަށް ހަމަލާ ދިނުމަށް ނަތަންޔާހޫ ބޭނުންވީ ގައުމީ ސަލާމަތަށް ނުވަތަ އަސްކަރީ ސްޓްރެޓެޖީ އަކަށް ބެލުމެއްނެތި، އަމިއްލަ އިންތިޚާބީ މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށް ގަބޫލުކުރެވޭތީއެވެ. މި ނިންމުމަކީ ޖެނޮސައިޑް މޭސްތިރި ނަތަންޔާހޫގެ ސިޔާސީ ޙަޔާތަށް ލިބުނު ނާކާމިޔާބީއެކެވެ. މީޑިއާގެ ބައެއް މަސްދަރުތަކުން ސިފަކުރާ ގޮތުގައި، ސިފައިންގެ ވެރިޔާގެ މި އަމަލަކީ ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް ސިފައިންގެ ތެރެއިން އުފެދުނު ބަޣާވާތެއްގެ ފެށުމެކެވެ.

އިސްރާއީލު އުފެދުނީއްސުރެ މިއަދާ ހަމައަށްވެސް ސިޔާސީ ލީޑަރޝިޕާއި ސިފައިންގެ މެދުގައި މިފަދަ ފާޅުކަން ބޮޑު ޚިލާފް ތަކެއް އުފެދިފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!