ޝަހީދު، ނަން އަނބުރާ ނަންގަވައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ނިންމާފައިވާ އަލްއުސްތާޛު މުހައްމަދު ޝަހީދު، އޭނާގެ ނަން އަނބުރާ ގެންދަވައިފިއެވެ. އަދި މިކަން އޭނާ ވަނީ ޖޭއެސްސީއަށް އަންގަވާފައެވެ.

އަލްއުސްތާޛް ޝަހީދު ވިދާޅުވީ، ޝަރުޢީ ދާއިރާއަށް އޮންނަ އިތުބާރު ހިފެހެއްޓުމުގެ ގޮތުން މި ނިންމުން ނިންމެވީ ކަމަށެވެ. އަދި އޭނާއަކީ ސިޔާސީ މީހެއްކަމަށް ސިފަކޮށް، އޭނާގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފައްދަން ޖާގަ ނުދިނުމަށްޓަކައި މިކަން ކުރެއްވީ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އަލްއުސްތާޛް މުހައްމަދު ޝަހީދު ވިދާޅުވި ގޮތުގައި، ދާޚިލީ ވުޒާރާގެ ނައިބު ވަޒީރުކަމުން އިސްތިއުފާ ދެއްވައި ފަނޑިޔާރުކަމަށް ކުރިމަތިލެއްވީ ސިޔާސީ ދާއިރާއިން ދުރުވުމުގެ ނިޔަތުގައެވެ. އޭނާއަކީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ބޭނުންވާ ޝަރުތު ފުރިހަމަވާ، ގާބިލު ގާނޫނީ ވަކީލެއްގެ ގޮތުގައި ފަސް އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ އާއެކު ކުރިމަތި ލެއްވި ބޭފުޅެއްކަން ވެސް އޭނާ ވަނީ ހާމަކުރައްވާފައެވެ.

މިކަމާ ގުޅިގެން ޝަހީދު ވަނީ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވި އަލްއުސްތާޛް ހުސްނުއްސުއޫދު އައްޔަންކުރެއްވީވެސް ރިޔާސީ ކޮމިޝަންގައި ސިޔާސީ މަސައްކަތް ކުރެއްވުމަށްފަހުގައި ކަން ފާހަގަކުރައްވާފައެވެ.

ޝަހީދު ވަނީ އޭނާގެ ނަން އަނބުރާ ނެންގެވުމާއެކު، ހައިކޯޓަށް ފަނޑިޔާރު އައްޔަންކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިނުގަންނަވާނެކަން ވެސް ޖޭއެސްސީއަށް އަންގަވާފައެވެ.

ޝަހީދު ހައިކޯޓަށް ހުވާ ކުރައްވަނީ، މައްސަލައެއް ހުށަހަޅާފައިވަނިކޮށް

ހިއްސާ ކުރައްވާ!