ހައިކޯޓުގެ ފަނޑިޔާރުކަމަށް އަލްއުސްތާޛް އަބްދުﷲ ޖަމީލު މޫސާ

ހައިކޯޓުގެ ފަނޑިޔާރުކަމަށް އަލްއުސްތާޛު ޢަބްދުﷲ ޖަމީލު މޫސާ ޢައްޔަން ކުރައްވައިފިއެވެ. ހައިކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަލްއުސްތާޛު ޢަބްދުﷲ ޙަމީދާއި އަލްއުސްތާޛު މުޙައްމަދު ސަލީމް، ސުޕްރީމް ކޯޓަށް އުފެއްލެވުމާ ގުޅިގެން އެ ކޯޓުން ދެ މަގާމު ހުސްވީއެވެ.

އެދެމަގާމަށް ކުރިން އައްޔަނު ކުރުމަށް ހަމަޖެހިފައި އޮތީ އަލްއުސްތާޛް މުޙައްމަދު ޝަހީދާއި އަލްއުސްތާޛު ޢަބްދުﷲ ޖަމީލު މޫސާ އެވެ.

ޢަބްދުﷲ ޖަމީލަށް މަޤާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ހަމީދެވެ.

ޖަމީލަކީ ކުއްލިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ސިވިލްކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. 15 އަހަރު ވަންދެން އޭނާ ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާފައި ވެއެވެ.

ޝަހީދު، ނަން އަނބުރާ ނަންގަވައިފި

ހިއްސާ ކުރައްވާ!